ސިވިލް ސާވަންޓުނަށް ޕާކިސްތާނުގައި ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމަށް މަޝްވަރާކޮށްފި

ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންވާ މަތީތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމާއި ގުޅޭގޮތުން ޕާކިސްތާނުގެ އެންމެ މަޝްހޫރު ޔުނިވާސިޓީ ކަމަށްވާ ނެޝަނަލް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮ...

06 Mar 2017 | 06:18

ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންވާ މަތީތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމާއި ގުޅޭގޮތުން ޕާކިސްތާނުގެ އެންމެ މަޝްހޫރު ޔުނިވާސިޓީ ކަމަށްވާ ނެޝަނަލް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލިޖީ އާއި އެކު ސިވިލް ސާވިސް ކޮމިޝަނުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ސިވިލް ސާވިސް ކޮމިޝަނުގެ ޑރ އަލީ ޝަމީމް ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ. ސިވިލް ސާވަންޓުން ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރީ އެ ޔުނިވާސިޓީގެ ޓެކްނޮލޮޖީގެ ފެކަލްޓޯ އޮފް ސޯޝަލް ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ފެކަލްޓީ އޮފް ޝޯސަލް ސައިންސް އެންޑް ހިއުމެނިޓީއާއި އެކު އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ސީއެސްސީން ބުނީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ދިނުަމަށް އެ ފެކަލްޓީތަކުން ތައްޔާރަށް އޮތް ކަމަށެވެ. އަދި ރިސާޗުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މި ބައްދަލުވުުގައި ސީއެސްސީގެ ރައީސް ޑރ ޝަހީމް ވަނީ ދެ ގައުމުގެ މެދުގައި ޑިޕްލޮމަސީ ގުޅުން އޮތް ނަމަވެސް މި މަޝްވަރާތަކަކީ ސިވިލް ސާވިސް ދާއިރާއިން ގުޅުން ބަދަހި ކުރާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ދާއިރާއިން ސިވިލް ސާވިސް މުވައްޒަފުންނަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ޕާކިސްތާނު ފަދަ މި ސަރަހައްދުގައި ސިވިލް ސާވިސް ކުރިއަރާފައިވާ ގައުމަކުން ލިބޭ ރަނގަޅު ފުރުސަތުތަކެއް ކަން ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ އިންޓަރނޭޝަނަލް ފާތިމަތު ލަހުފާއާއި ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީގެ ފުރަތަމަ ސެކްރެޓަރީ އަޙުމަދު މުޖްތަބާ ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް