ސަރޮގޭޓްކޮށްގެން ކަރަން ޖޯހަރަށް އެއް މާބަނޑު ދެ ކުދިން ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަށް އެއް މާބަނޑު ދެކުދިން ލިބިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ކުދިން ކަރަން ހޯދީ ސަރޮގޭޓްކޮށްގެން ކަމަށް އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށ...

06 Mar 2017 | 03:14

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަށް އެއް މާބަނޑު ދެކުދިން ލިބިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ކުދިން ކަރަން ހޯދީ ސަރޮގޭޓްކޮށްގެން ކަމަށް އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށެވެ. ކަރަން އަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެން ކުއްޖާއަށް ކިޔަނީ އޭނާގެ މަންމަގެ ނަން ކަމަށްވާ ރޫހީ އެވެ. ފިރިހެން ކުއްޖާއަށް ކިޔަނީ ބައްޕަގެ ނަން ކަމަށްވާ ޔަޝް އެވެ.

ސަރޮގަސީގެ އެހީގައި ކަރަން ހޯދި ދެ ކުދިން މިހާރު ރެޖިސްޓްރީކޮށްފައިވާއިރު ފޯމުގައި މަންމަގެ ނަން ޖަހަންޖެހޭ ތަނުގައި އެއްވެސް ނަމެއް ނުޖަހައެވެ. ސަރޮގޭޓް ކުރުމަކީ އެއްބަސްވުމެއްގެ ދަށުން އަންހެނަކު ބަލިވެ އިނދެގެން ވިހެއުމެވެ.

ކަރަން ބުނީ އޭނާއަށް އެއްމާބަނޑު ދެކުދިން ލިބުމުން ވަރަށް އުފާވި ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ކަރަން އަށް ދެ ދަރިން ލިބުމުން އޭނާގެ މަންމަ އަދި މާ އުފާވާނެ އެވެ. އެއީ މީގެ ކުރިން ރޫހީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކަރަން ޖޯހަރަކީ ވަރަށް ރަނގަޅު ދަރިއެއް ކަމަށާއި ދެރަވަނީ އޭނާގެ ފަރާތުން މާމަ ކިޔާނެ ކުއްޖަކު ނެތުމުން ކަމަށެވެ.

މިފަހަކުން ގިނަ ބޮލީވުޑް ތަރިން ދަރިން ހޯދަނީ ސަރޮގޭޓު ކޮށްގެންނެވެ.

ކަރަންގެ ކުރިން މިދިޔަ އަހަރު ތުޝާރް ކަޕޫރު ވެސް ވަނީ އޭނާއަށް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށް ބުނެފައި އެވެ. ޝާރުކް ހާން ގެ ތިން ވަނަ ދަރިފުޅު އަބްރަހަމް އަކީވެސް ސަރޮގޭޓް ދަރި އެކެވެ. މީގެ އިތުރުން އާމިރު ހާންވެސް ސަރޮގޭޓްކޮށްގެން ކުއްޖަކު ހޯދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް