ދިވެހިންގެ ތެރޭގައި އާންމުވަމުންދާ ރާ ބުއިމުން ލިބޭ ގެއްލުން އެނގޭތަ؟

ދިވެހިންގެ ތެރޭގައި މަސްތުވާ ހިކި އެއްޗެހި  ބޭނުން ނުކުރިޔަސް ރާ ބޯ މީހުން ވަރަށް ގިނަ އެވެ. އެކަމަކު އެއީވެސް މަސްތުވާ އެއްޗެހީގެ ބާވަތެކެވެ. ރާ ބުއިން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވަނީ ހަމަ ...

06 Mar 2017 | 02:00

ދިވެހިންގެ ތެރޭގައި މަސްތުވާ ހިކި އެއްޗެހި  ބޭނުން ނުކުރިޔަސް ރާ ބޯ މީހުން ވަރަށް ގިނަ އެވެ. އެކަމަކު އެއީވެސް މަސްތުވާ އެއްޗެހީގެ ބާވަތެކެވެ.

ރާ ބުއިން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވަނީ ހަމަ އެކަނި މަސްތުވާ އެއްޗަކަށް ވާތީއެއް ނޫނެވެ. އިންސާނާގެ ހަށިގަނޑަށް އެކަމުގެ ސަބަބުން ކުރާ އަސަރާއި ލިބޭ ގެއްލުމުގެ ބޮޑުކަމުންވެސް މެ އެވެ.

ދާދިފަހުން ކުރި ދިރާސާ އަކުން ވަނީ ރާ ބުއިމުގެ ސަބަބުން ގެއްލުންވަނީ ފުއްޕާމެއަށް އެކަނި ނޫންކަން ހާމަވެފައި އެވެ. އެ ދިރާސާގައި ބުނެފައިވަނީ ރާ ބުއިމުން އާންމުކޮށް ޖެހޭ ހަތް ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން, ރާ ބުއިން ގިންތި ކޮށްފައިވަނީ އެންމެ ފަސޭހައިން ކެންސަރުޖެހުމަށް ބަގުފަހިވާ ކެޓަގަރީ އެކެއް ގައި އެވެ. ހަމަ އެ ގިންތީގައި ސިނގިރޭޓު ބުއިމާއި ހެޕަޓައިޓެސް ވައިރަސް ވެސް ހިމެނެ އެވެ.

އާންމުކޮށް ރާބޯނަމަ ކެންސަރު ޖެހޭ ތަންތަން ކަމަށްވާ އަނގަޔާއި އުރަމައްޗަށާއި ނޭވާލާ ހޮޅީގެ އިތުރުން ކަރާއި ބަނޑު ގުޅުވައިދޭ ހޮޅިއަށް ޖެހޭ ކެންސަރުގެ އިތުރުން ރަހިމާއި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ..

އެ ދިރާސާގައި ބުނެފައިވަނީ ކެންސަރު ޖެހުން އަވަސް ވަނީ ވަކި ވައްތަރެއްގެ ރާ ބޮއެގެން ނޫން ކަމަށެވެ.

ކެންސަރުގެ އިތުރުން އާންމުކޮށް ރާ ބޯ މީހުންނަށް އަންނާނެ ބަދަލު ތަކުގެ ތެރޭގައި ޖިންސީ ގުނަވަންތަކުގެ ބާރު ދެރަވުމާއި، ޑިޕްރެޝަންއަށް ދިއުމާއި، ނިދި މަޑުވުން އަދި ހަޖަމު ކުރުމަށް އުނދަގޫވުމާއިއި ކުޑަކަމުދާ ނިޒާމު ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގެ ބާރުދެރަވެ، މާބޮޑަށް ފަލަވުން ނުވަތަ މާ ބޮޑަށް ހިކުންފަދަ ކަންކަމާއި ކުރިލަތިލާން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް