އުރުދުންގައި، މަރުގެ ހުކުމް އިއްވާފައިވާ 15 މީހަކު މިދިޔަ ހޮނިހިރު ދުވަހު، ދަންޖައްސައި މަރާލާފައިވާކަމުގައި އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު މަހްމޫދު އަލް މޮމާނީ ހާމަކުރައްވައިފި އެވެ.
އެގައުމުން ހާމަކޮށްފައިވާގޮތުގައި ދަން ޖައްސައި މަރާލާފައިވަނީ 2006 އިން 2014 އަށް، މަރުގެ ހުކުމް އިއްވާފައިވާ 15 މީހުންނެވެ.
މޮމާނީ ހާމަކުރައްވާފައިވާގޮތުގައި އެ 15 މީހުންގެ ތެރެއިން 10 މީހަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިތިބި މީހުންނެވެ.އ އަދި އަނެއް ފަސް މީހުންނަކީ ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކުގައި މަރުގެ ހުކުމް އިއްވާފައިތިބި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް