އައިއެސް ޖަމާއަތުގެ ލީޑަރު އަބޫ ބަކްރް އަލް ބަގްދާދީގެ ދެބެންދެބަރި ކޮއްކޮއަކު ހައްޔަރުކޮށްފައިވާކަމުގައި އިރާގުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އިރާގުގެ މޯސުލް އިންނެވެ. ނަމަވެސް އެމީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
"އޭނާ ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތު ސައްހަކަން ކަށަވަރު ކުރުމަށްފަހު ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި" އިރާގުގެ ސިފައިން ބުނެފައި ވެ އެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ނަން ހާމަކޮށްފައިނުވިނަމަވެސް އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ރަތް ތުނބުޅި ލާފައި ހުރި މީހެއްގެ އަތުގައި ބިޑިއަޅުވައިގެން ގެންދާ މަންޒަރެވެ.
ބަގްދާދީގެ އާއިލާ މެމްބަރަކު ހައްޔަރުކުރެވިފައިވާކަމުގައި އިރާގުން ހާމަކޮށްފައިވާއިރު އައިއެސް އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަމުގައިވެސް އިރާގުން އަންނަނީ ހާމަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް