ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ފަސްކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ފަސްކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކެންޑިޑޭޓުނ...

05 Mar 2017 | 19:07

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިމަހުގެ ނުވައެއްވާ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ކުރިން ނަންތައް ތަރުތީބު ކުރަން ހަމަޖެހިފައި އޮތީ މާދަމާ އެވެ.

އެކަން ފަސްކުރި ވަކި ސަބަބެއް އީސީން ހާމައެއް ނުކުރެ އެވެ.

މާލެ ފިޔަވައި އެހެން ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގަ އެވެ. އަދި މާލެ ސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި އެވެ.

އިންތިިހާބުގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެކަމަކު ފޯމް ހުށަހެޅި މީހުންގެ އަދަދެއް އަދިވެސް އީސީން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް