އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މި ހިނގާ 2015 ވަނަ އަހަރު ގައުމުން ބޭރަށްކުރައްވާ ފުރަތަމަ ދަތުރުތަކުގެ ތެރޭގައި ރާއްޖެ ވަޑައި ނުގަންނަވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން އާންމުކޮށްފައިވާ ދަތުރު ތާވަލްގައި ބުނެފައިވަނީ މިމަހުގެ 11 އިން 14 އަށް މޯދީ ދަތުރުކުރައްވަން ހަމަޖެހިފައިވަނީ ލަންކާއާއި މޮރީޝިއަސްގެ އިތުރުން ސީޝެލްސް އަށް ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން މޯދީގެ ދަތުރުފުޅު ކުރުކޮށްލާ ރާއްޖެ ދަތުރު ނުކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުންނެވެ.
މީގެ ކުރިން އަޑު އިވިފައިއޮތީ މިމަހުގައި މޯދީ ކުރައްވާ ދަތުރުފުޅުގައި މިމަހުގެ 15 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން މިހާރު ހާމަކޮށްފައިވާގޮތުން 14 ވަނަ ދުވަހު މޯދީގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ނިންމެވި ދަތުރުފުޅު ކެންސަލްކޮށްފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް