މިއަދު ހެނދުނުގެ ވަގުތެއްގައި ދޯންޏަކާ ލޯންޗެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ 11:40 ހާއިރު ކަމަށާއި ބަރޮސް ރިސޯޓް ކައިރީގައި ޑައިވިން ދޯންޏަކާއި ލޯންޗެއް ހިނގި އެކްސިޑެންޓްގައި ޑައިވިން ދޯނީގެ ކެޕްޓަން ނިޔާވެފައިވާއިރު އެދޯނީގެ ފަޅުވެރިއަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެކްސިޑެންޓްވީ ބަރޮސް ލޯންޗަކާއި ހަމަ އެ ރިސޯޓްގެ ޑައިވިން ދޯންޏެއް، ދެމީހަކު ހޮސްޕިޓަލަށް ގެނައީ، ދޯނީގެ ކެޕްޓަން ނިޔާވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތުދޭ" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެކްސިޑެންޓްވި ދޯނީގެ ބޮޑު ބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް