އަދުލު އިންސާފު ގާއިމް ނުކޮށްފި ސަރުކާރެއްގެ ބަރަކާތްކެނޑި ނިމުން ހިތިވާނެ ކަމަށް އަދާލަތު ޕާޓީގެ ރައިސް ސެއިހް އިމްރާން ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އިމްރާން މި މޭރުމުން ޓްވީޓްކޮށްފައިވާއިރު މި ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ގިނަ ޓްވީތްތަކެއް އިމްރާން ކުރެއެވެ.
https://twitter.com/ShImranAb/status/573569912850907136
އެގޮތުން މިއަދު ކުރި ޓްވީޓެއްގައި އިމްރާން ވިދާޅުވެފައިވަނީ އަނިޔާވެރިކަމެއް މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ނިންމުމެއް ރޭގައި އާންމުކޮށްފަ އެވެ. އެ ނިންމުމުގައި އަދާލަތު ޕާޓީން ބުނެފައިވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އިސްލާމްދީނާއި ގާނޫނުތަކާއި ގަވާއިދާ ހިލާފު ކަންކަން އިސްލާހު ކުރުމަށް ގޮވާލާ ހައްގުބަސް ބުނުންމަތީ ދެމިތިބުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް