ހަބަރެއް ނުވެގެން ހޯދަމުންދިޔަ "ވިލަރެސް" ދޯނީގެ ހަބަރެއް ވެފައިވާކަމަށާއި އެދޯނި މިހާރު މާލެއާ ދިމާއަށް ދަތުރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު “ވިލަރެސް” ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވުމާ ގުޅިގެން މިދޯނީ ގެ ޚަބަރެއްވޭތޯ ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން މަސައްކަތް ފަށާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ މިދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ 2015 ފެބްރުއަރީ 27 ވަނަ ދުވަހުގެ މެންދުރުފަހު ކ.ގާފަރާއި ދިމާލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް