ޑެޕިއުޓީ މޭޔަރު ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ އެއާޕޯޓްގައި މިއަދު މުޒާހަރާ ކުރުމުން ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ ހައްޔަރުކޮށްފައިވާތީ މާލޭ ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވު...

05 Mar 2015 | 19:06

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ އެއާޕޯޓްގައި މިއަދު މުޒާހަރާ ކުރުމުން ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ ހައްޔަރުކޮށްފައިވާތީ މާލޭ ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއިނުލާ އެއްވުމުމުގެ ހައްގަކީ ގާނޫނު އަސާސީގެ 27ވަނަ މާއްދާއާއި 32ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވީހިނދު ގާނޫނު އަސާސީން ކަނޑައަޅާފައިވާ އަސާސީ ހައްގެއްގެ ބޭނުން ކުރަމުންދަނިކޮށް ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކުރުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި އެއީ ޑިމޮކްރެޓިކް ހަމަތަކާއި ހިލާފު ނާތަހުޒީބު އަމަލެއް ކަމަށާއި މިހެން ކަމުން ވީއެންމެ އަވަހަށް ޑެޕިއުޓީ މޭޔަރާއި އެކަމުގައި ބަންދުކުރެވިފައިވާ މާލެސިޓީގެ އެންމެހާ ރައްޔިތުން ދޫކޮށްލުމަށާއި އެފަރާތްތައް ބަންދުގައި ބެހެއްޓުމަކީ ހަލަބޮލިވަމުންދާ މާލޭގެ ސިޔާސީވެށި އިތުރަށް ހަލަބޮލިވެގެންދާނެ ކަމެއްކަމަށްދެކޭތީ ސުލްހަވެރި ސިޔާސީ އެއްވުންތަކުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ވީއެންމެ އަވަހަކަށް ދޫކޮށްލުމަށާއި ސުލްހަވެރި ކަމާއެކު ސިޔާސީވެށި ބޭއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް ސިޓީ ކައުންސިލްގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް