ތައިލެންޑުގައި މިއަދު މެންދުރު ވަރަށް އާދަޔާ ޚިލާފު ހާދިސާއެއް ހިނގައިފިއެވެ.
ނޫސް ރިޕޯޓްތައް ބުނާގޮތުގައި ތައިލެންޑުގެ ސަ ކާއެއޯ ސިޓީގެ ލޮޖިސްޓިކްސް ވިޔަފާރިއަކުން ފުލުހުންނަށް ރިޕޯޓެއް ކުރީ ކުރިއަރ މެދުވެރިކޮށް ކުޑަ ދެ ކުއްޖެއްގެ ހަށިގަނޑު (ހިއްކާފައި) ޕާރުސަލްކޮށްފައި ޗިއަންގ މައި ސިޓީއަށް ފޮނުވަން އުޅޭކަމަށް ޝައްކު ކުރެވިގެންނެވެ.
ފުލުހުން ގޮސް ބެލި އިރު ތުއްތު ދެ ކުއްޖެއްގެ ހަށިގަނޑު ހިއްކާފައި ޕާރުސަލްކޮށްފައި ކުރިއަރ ކުރަން ތައްޔާރުކޮށްފައި ހުއްޓެވެ.
އުމުރުން 47 އަހަރުގެ ޗައި ނަމަކަށްކިޔާ މީހަކު ކުރިއަރ ކުރަން އުޅުނު އެ ޕާރުސަލާމެދު ސުވާލު ކުރުމުން އެއީ ޗިއަންގ މައި ސިޓީގައި އުޅޭ އުމުރުން 39 އަހަރުގެ ޕޮލް ނަމަކަށް ކިޔާ މީހަކަށް ފޮނުވަން އުޅުނު ޕާރުސަލެއް ކަމަށް ފުލުހުންނަށް މައުލޫމާތުދިންކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޗިއަންގ މައިގައި ފިހާރައެއް ހިންގަމުން އަންނަ ޕޮލް އަކީ ފުޅާ ދާއިރާއެއްގައި ސިހުރު ހާހޫރު ހަދާ މީހެކެވެ. ޕޮލް އެ ޕާރުސަލް ގަނެފައިވަނީ 400 ޑޮލަރަށް ކަމަށާއި އެ ޕާރުސަލް ގަތް ބޭނުމަކީ ޗައިނާގެ ދެ ފަތުރުވެރިއަކަށް ވިއްކުމުގެ ބޭނުމުގައި ކަމަށް ޕޮލް އާ ހަވާލާދީ ފުލުހުން ބުނެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި ޗައިނާގެ އެ ދެ ފަތުރުވެރިންނަށް ޕޮލް އެ ޕާރުސަލް ވިއްކަން ނިންމާފައިވަނީ 900އެއްހާ ޑޮލަރަށް ކަމަށާއި މި މައްސަލައިގާ އަޅާނެ ފިޔަވަޅެއް އަދި ފުލުހުން ނިންމާފައި ނުވާކަމަށްވެސް ތައިލެންޑުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް