ބަންގްލަދޭޝްގެ ރައްޔިތުން ނިކުމެ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ބައްޕަ، ޝައިޚް މުޖީބުއްރަހްމާންގެ ގޭގައި ހުޅުޖަހައިފިއެވެ.
ރައްޔިތުން ނިކުމެ އެފަދަ ކަމެއް ކުރީ ފިލަން ގޮސް އިންޑިއާގައި ހުރެ ހަސީނާގެ ސަޕޯޓަރުންނަށް ދިން ސްޕީޗަކާ ގުޅިގެންނެވެ.
ހަސީނާ އޭނާގެ ސްޕީޗެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރާ ދެކޮޅަށް ނިކުންނަންޖެހޭ ކަމަށެވެ.
ހަސީނާއާއި ދެކޮޅު ރައްޔިތުން ނިކުމެ މުޖީބުއްރަހްމާންގެ ގޭގައި ރޯކޮށްލުމަށްފަހު ބުލްޑޯޒަރަކުން އެ ގެ ބިމާ ހަމަކޮށްލާފައިވެއެވެ.
ރައްޔިތުން ނިކުމެ ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމުން ހަސީނާ ވަނީ ގައުމު ދޫކޮށް އިންޑިއާއަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް