ސީރިއަސް ލޯބިވެރިޔަކު ހުރީތީ މިއަދު އުފާކުރާކަމަށް ބިލް ގޭޓްސް ބުނެފިއެވެ.
މައިކްރޯސޮފްޓްގެ ބާނީ، އުމުރުން 69 އަހަރުގެ ބިލް ގޭޓްސް މިހެން ބުނެފައިވަނީ އެންބީސީ ނެޓްވޯކްގެ "ޓުޑޭ" ޝޯގައި ވާހަކަ ދައްކަމުންނެވެ.
"ސީރިއަސް ލޯބިވެރިޔަކު ހުރިކަމީ އުފާކުރާކަމެއް، އަހަރެމެން ދެމީހުން އެކުގަ އުފާވެރިކަން އެބަ ހިއްސާކުރަމު" ބިލް ގޭޓްސް ބުނެފައިވެއެވެ.
2021 ވަނަ އަހަރު "ސިންގަލް" ވި ބިލް ގޭޓްސް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޮރެކަލް ކުންފުނީގެ ވެރިޔާގެ ކުރީގެ އަންހެނުން، އުމުރުން 62 އަހަރުގެ ޕޯލާ ހާޑް އާއެވެ. ޕޯލާ އާއި ބިލް ގޭޓްސް އެކުގައި ފެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2023 ވަނަ އަހަރުގެ ފަހުކޮޅު ހާމަކުރިއެވެ.
އެއަށްފަހު ބައެއް ބޮޑެތި ރަސްމިއްޔާތުތަކާ ހަފްލާތަކުން ބިލް އާއި ޕޯލާ ފެންނަމުންދެއެވެ. އެގޮތުން އާނަންތު އަންބާނީ ކައިވެންޏާއި އޮލިމްޕިކްސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް