އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެދޭ ގޮތަށް ޣައްޒާއިން ރައްޔިތުން ހުސްކުރާނެ ޕްލޭނެއް އެކުލަވާލަން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކެޓްޒް އިސްރާއީލު ޑިފެންސް ފޯސް އަށް އަންގައިފިއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާއާމެދު ޓްރަމްޕް ގެންގުޅޭ ވިސްނުމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ މަރްޙަބާ ކިޔާފައެވެ.
އިސްރާއީލުގެ ޑިފެންސް ފޯސް އަށް ކެޓްޒް އެންގީ ޣައްޒާ ރައްޔިތުން ދުނިޔެމަތިން ދާން ބޭނުންވާ ކޮންމެ ޤައުމަކަށް ބަދަލުވެވޭވެނެ ފަދަގޮތަކަށް ބޮޑު ޕްލޭނެއް އެކުލަވައިލަން ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކެޓްޒް ބުނެފައިވަނި ހަމާސް އިން ޣައްޒާގެ ރައްޔިތުން ބޭނުންކުރަނީ އައްޑަނައެއްގެ ގޮތުގައި ކަމަށާއި ކަނޑުމަގުންނާއި ވައިގެމަގުން ޣައްޒާގެ ރައްޔިތުން ދަތުރުކުރެވޭނެ އިންތިޒާމުތައް އިސްރާއީލުގެ ޑިފެންސް ފޯސް އިން އެކުލަވައިލާ ޕްލޭންގައި އޮންނަންވާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތުދެމުން ޓްރަމްޕް ބުނެފައިވަނީ ޣައްޒާއާއި އެމެރިކާއިން ހަވާލުވެ އެ ބިން އެއްކޮށް ސާފުކޮށް އަލުން އާރާސްތުކުރާނެ ކަމަށެވެ.
ޓްރަމްޕްގެ އެ ނިންމުމާ ދެކޮޅަށް މުސްލިމު ޤައުމުތަކުން އަންނަނީ ބަސް އިއްވަމުންނެވެ. ޓްރަމްޕްގެ އެ އަމަލަކީ ނަސްލެއް ނައްތާލުމަށް ރޭވިގެން ކުރިއަށްގެންދަން ނިންމާ މަކަރުވެ ރޭވުމެއްގެ ގޮތުގައި އަންނަނީ ސިފަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް