ގއ.ވިލިގިނލީގައި ސިޒޭރިއަން ހެދުމަށްފަހު ފަރުވާ ލަސްވެ، މައިމީހާއާއި ދަރިފުޅު ރޭ ނިޔާވެއްޖެއެވެ.
އާއިލާއިން ބުނީ ދެމައިން ނިޔާވީ ސިޒޭރިއަންއަށް ފަހު ހާލު ގޯސްވެ މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެން ކަމަށެވެ. މިކަމާއި ގުޅިގެން އެއްވެސް މީޑިއާއަކަށް އެ ހޮސްޕިޓަލުން ވާހަކަދައްކާފައެއް ނުވެއެވެ.
ރޭ ދަންވަރު2:00 ޖަހާކަން ހާއިރު ޝިއުނާ ތައުފީގު35އ އެޑްމިޓްކުރީ އޭނާގެ ބަނޑަށް އަށް މަސްވެފައި ވަނިކޮށް ކުއްލިއަކަށް ނޭވާ ލާން އުދަނގުވެގެންނެވެ. އެއަށް ފަހު ހާލު ސީރއަސް ވާން ފެށުމުން ސިޒޭރިއަން ހަދާފައިވެއެވެ. ސިޒޭރިއަން ހެދިފަހުން24 ގަނޑިއިރު ނުވެ އުޅެނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
ޝިއުނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބާކަމަށާއި، ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުން ކަމަށް ބައެއް މަސްދަރު ތަކުން އެނގެއެވެ.
މިކަމުގައި އެ ހޮސްޕިޓަލުން ޝިއުނާ ބެލި ޑޮކްޓަރުންގެ އިހުމާލު ވާކަމަށް ބުނެ އާއިލާއިން ވަނީ އެމީހުންނަށް ތުހުމަތުކޮށްފައެވެ.
މިކަމާއި ގުޅިގެން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގާ އެ ހޮސްޕިޓަލުގެ އެތެރެ ހަށިީގެ ޑޮކްޓަރު އެ ރަށުން ފޮނުވާލާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް