ކެފޭ މާރާމާރީ: ކައްކާ ހައްޔަރުކޮށްފި – ހެލްޕަރު އައިސީޔޫގައި

އަންގާރަ ދުވަހު މާލޭގެ ކެފޭއެއްގައި ހިންގި މާރާމާރީއާއި ގުޅިގެން އެ މާރާމާރީ ހިންގި ކައްކާ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވާ، އުމުރުން 24 އަހަރުގެ ސިއް...

06 Feb 2025 | 08:30

އަންގާރަ ދުވަހު މާލޭގެ ކެފޭއެއްގައި ހިންގި މާރާމާރީއާއި ގުޅިގެން އެ މާރާމާރީ ހިންގި ކައްކާ ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވާ، އުމުރުން 24 އަހަރުގެ ސިއްދާތާ ގުރުންގ އެވެ.

އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ އެ މާރާމާރީ ހިނގާފައިވަނީ ކެފޭގެ ކައްކާއާއި ހެލްޕަރާއި ދެމެދުގައި ކަމަށެވެ. ކައްކާއަކީ ނޭޕާލު މީހެއް ކަމަށާއި ހެލްޕަރަކީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނޭޕާލު މީހާ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވަމަށެވެ. އަދި ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް