ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދެއްވައިފި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ރައީސުުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ފަހުމީ ވިދާޅުވީ ރައީސުުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި އަޒުމާއި ފޯރިއާއިއެކުގައި ކަމަށެވެ. އަދި ރައީސް
އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއްކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، ޙަޤީޤަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންގޮސްފި ކަމަށް ފަހުމީ އެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ފަހުމީ ވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރޭވިފައިވާ އެންމެހައި މަސައްކަތްތަކަށް ރައީސަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް