11 މިލިޔަނަށްވުރެ ގިނަ ޕާޓީ ޑްރަގްސް ގުޅަޔާއެކު ސައޫދީގައި ދެމީހަކު ހައްޔަރު

11 މިލިޔަނަށްވުރެ ގިނަ ޕާޓީ ޑްރަގްސް ގުޅަޔާއެކު ސައޫދީ އަރަބިއްޔާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ޤައުމުގެ ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ނާކޮޓިކްސް އިން ...

06 Feb 2025 | 07:16

11 މިލިޔަނަށްވުރެ ގިނަ ޕާޓީ ޑްރަގްސް ގުޅަޔާއެކު ސައޫދީ އަރަބިއްޔާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ޤައުމުގެ ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ނާކޮޓިކްސް އިން ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި އަތުލައިގެންފައިވަނީ ކިންގް އަބްދުލްއަޒީޒް ޕޯޓު، ބަނދަރުންނެވެ.

އަތުލައިގަތް ބޭހުގެ ބާވަތަކީ އެމްފެޓަމިންއެވެ. އެއީ ޕާޓީ ޑްރަގެއްގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތެކެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ މީހަކާއި އުރުދުން އަށް ނިސްބަތްވާ މީހެއް ކަމުގައި ބުނެފައިވެއެވެ. އަތުލައިގަތް ޖުމްލަ ގުޅައިގެ އަދަދު 11،108،998 އަށް އަރާކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް