ރިޔާސީ ބަޔާން އިއްވާ ޖަލްސާ މެދުކަނޑާލައިފިއެވެ.
ރިޔާސަތުން މަޖިލިސް މެދުކަނޑުއްވައިލެއްވީ ނަން އިއްވި މެންބަރުން ތަޅުން ދޫކޮށް ދިއުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ރިޔާސަތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިޢުލާނުކުރެއްވިއެވެ.
ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މީކާއީލް، އަބްދުލްޣަފޫރު މޫސާ، ހުސެއިން ޒިޔާދު (ފިއްޓޭ)، އިބްރާހިމް ނާޒިލް، މުހައްމަދު ނިއުޝާދު، އަހްމަދު ދީދީ، ހުސެއިން ސަމީރު، މައުރޫފް ޒާކިރު އަދި މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ.
"ދެން ރިޔާސީ ބަޔާން ކުރިއަށްދާނީ ނަން އިއްވި މެންބަރުން ނިކުތީމަ" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މެންބަރުންގެ ނަން އިއްވީ ރައީސް ރިޔާސީ ބަޔާން އިއްވަމުންދިޔައިރު އަޑުގަދަކުރާތީ އިންޒާރު ދިނުމަށްފަހުގައެވެ. ރިޔާސީ ބަޔާން ކުރިއަށްދާއިރު އިހްތިޖާޖު ކުރަން އެމްޑީޕީއިން އޮތީ ކުރިން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް