ރިޔާސީ ބަޔާން: އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވައިފި ނިކުންނަން އަންގަވައިފި

ރިޔާސީ ބަޔާން އިއްވުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައިފިއެވެ. ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މީކާއީލް، އަބްދުލްޣަފޫރ...

06 Feb 2025 | 04:17

ރިޔާސީ ބަޔާން އިއްވުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައިފިއެވެ.

ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މީކާއީލް، އަބްދުލްޣަފޫރު މޫސާ، ހުސެއިން ޒިޔާދު (ފިއްޓޭ)، އިބްރާހިމް ނާޒިލް، މުހައްމަދު ނިއުޝާދު، އަހްމަދު ދީދީ، ހުސެއިން ސަމީރު، މައުރޫފް ޒާކިރު އަދި މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ.

"ދެން ރިޔާސީ ބަޔާން ކުރިއަށްދާނީ ނަން އިއްވި މެންބަރުން ނިކުތީމަ" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މެންބަރުންގެ ނަން އިއްވީ ރައީސް ރިޔާސީ ބަޔާން އިއްވަމުންދިޔައިރު އަޑުގަދަކުރާތީ އިންޒާރު ދިނުމަށްފަހުގައެވެ. ރިޔާސީ ބަޔާން ކުރިއަށްދާއިރު އިހްތިޖާޖު ކުރަން އެމްޑީޕީއިން އޮތީ ކުރިން ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް