މިޔަރެއް ހަމަލާދީ މީހެއްގެ އަތް ޒަހަމްކޮށްލައިފި

މިޔަރެއް ހަމަލާދީ ދިވެހި މަސްވެރިއެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ ފ.ފީއަލީ ދޯންޏެއްގައި މަސައްކަތް ކުރާ 28 އަހަރުގެ ދިވެހި ފިރިހެނަކަ...

06 Feb 2024 | 10:07

މިޔަރެއް ހަމަލާދީ ދިވެހި މަސްވެރިއެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ ފ.ފީއަލީ ދޯންޏެއްގައި މަސައްކަތް ކުރާ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހަމަލާ ލިބުނީ ފާނަމަސްވެރިކަން ކުރަން އުޅުމުގެ ތެރެއިންނެވެ.

އެމީހާއަށް ހއ.ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ލޭ މަނާ ނުވެގެން އިތުރު ފަރުވާ ދިނުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެމީހާއަށް ލިބުނު ޒަހަމު ހަ ސެންޓިމީޓަރު ފުން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރު އަންނަނީ އޭނާއަށް ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް