ލަންކާ، މެލޭޝިއާ އަދި ބެލްޖިއަމް އާއި އީޔޫއަށް ސަފީރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ އެ ތިން ގައުމަށް ސަފީރުން އައްޔަންކުރުމަށް ނަންތަކެއް ހުށަހަޅުއްވާފައެވެ.
ސްރީލަންކާގެ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅަކީ މަސްއޫދު އިމާދު، މއ.ތުޅާގިރިއެވެ. މެލޭޝިއާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ނަންފުޅަކީ މަރިޔަމް ޝަބީނާ އަހުމަދު، މ.ރުއްފުށިއެވެ. އަދި ބެލްޖިއަމް އާއި އީޔޫ އަށް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ނަންފުޅަކީ ގީލާ އަލީ، މ.ގީލާ ވިލާއެވެ.
މި ތިން ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ޚާރިޖީ ގުޅުންތަކައި ބެހޭ ކޮމިޓީއަށް ފޮނުވައި ދިރާސާކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް