މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ވާނުވާ ބަންދުގައި 282 ގައިދީން ބަންދުކޮށްފައި އެބަތިބި ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް (އެޗްއާރްޑީޑަބްލިއު) އިން ބުނެފިއެވެ.
ވާނުވާ ބަންދަކީ ކުށް ސާބިތުނުވާ އަދި ހުކުމް ކޮށްފައި ނުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމެވެ. އެޗްއާރްޑީޑަބްލިއު އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވާނުވާ ބަންދުގައި ކަރެންޝަންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަކީ:
5 އަހަރަސްވުރެ އިތުރުވެފައިވާ – 10 ގައިދީން
3 އަހަރާއި 5 އަހަރާއި ދެމެދު – 26 ގައިދީން
2 އަހަރާއި 3 އަހަރާއި ދެމެދު – 70 ގައިދީން
އ އަހަރާއި 2 އަހަރާއި ދެމެދު – 93 ގައިދީން
5 މަހާއި 11 މަހައި ދެމެދު – 47 ގައިދީން
1 މަހާއި 5 މަހާއި ދެމެދު – 31 ގައިދީން
1 މަސް ނުވާ – 4 ގައިދީން
ވާނުވާ ބަންދު ނިމުމަކަށް ގެންނެވުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާއި ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީ އަލުން މުޖުތަމައަށް ގެނައުން ކަމަށެވެ. އަދި އެކިއެކި ކުށްތަކުގެ ތަހުގީގުގައި ވާނުވާގައި ވަކި މުއްދަތެއް ނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ ވިދާޅުވީ ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެނައުމަށް މި ފެށުނު މަޖިލީހުގެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް