ރައީސް ސޯލިހު، ތުރުކީގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރުގާންއަށް ތައުޒިޔާ ފޮނުއްވައިފި އެވެ. ރޭ ފަތިހުގެ ވަގުތެއްގައި ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި އެ ގައުމުން މަރުވި...

06 Feb 2023 | 15:45

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރުގާންއަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ1،000 އިން މައްޗަށް އަރާފައި އެވެ. އެ ބިންހެލުން އައީ ރިކްޓާ މިންގަނޑުން7.8 މެގްނެޓިއުޑްގެ ބާރުމިނުގައި އެވެ.

މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވި ޚަބަރު ލިބުމުން ހިތާމަކުރައްވާކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީއާއި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ރައީސްގެ ޓުވީޓުގައި މި ހިތާމެވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައިކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް