ތުރުކީ ސޫރިޔާ ބިންހެލުން: މަރުވި އަދަދު ދެ ހާހުން މައްޗަށް

ރޭގެ ފަތިސް ވަގުތު ތުރުކީއަށް އައި ބިންހެލުމުގައި ސޫރިޔާ އަދި ތުރުކީން މަރުވި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ގޮސްފިއެވެ. އެންމެ ފަހުގެ އަދަދުތަކަށް ބަލާލާއިރު ތުރުކީން 1498 މީހަކު އަދި ސޫރިޔާއިން ...

06 Feb 2023 | 15:42

ރޭގެ ފަތިސް ވަގުތު ތުރުކީއަށް އައި ބިންހެލުމުގައި ސޫރިޔާ އަދި ތުރުކީން މަރުވި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ގޮސްފިއެވެ.

އެންމެ ފަހުގެ އަދަދުތަކަށް ބަލާލާއިރު ތުރުކީން 1498 މީހަކު އަދި ސޫރިޔާއިން 810 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފުރަތަމަ 7.8 މެގްނިޓިއުޑްގެ ބިންހެލުން އައީ ތުރުކީ ގަޑިން ރޭގެ ފަތިހު 4:00 ހާއިރުގައެވެ.

މި ބިންހެލުން އައީ ތުރުކީގެ މެދުތެރޭ ހިސާބެއް ކަމުގައިވާ ގާޒިއަންޓެބް ސަރަހައްދަށެވެ. ބިންހެލުމުގެ އަސަރު  އެ ގައުމާއި ޖެހިގެން އޮތް ސޫރިޔާގެ ހަލާބަށް ކުރިއެވެ.

މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވާން މެދުވެރިވީ ބިންހެލުން އައި ވަގުތަކީ ފަތިސް ވަގުތައް ވެފައި ބިންހެލުމުގެ ބާރު ގަދަކަމުން ގިނަ އިމާރާތްތަކެއް ބިމާއި ހަމަވުމުންނެވެ.

ދެ ގައުމުގައިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެހެން ގައުމުތަކުންވެސް މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މަރުވި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ގޮސްފައިވާއިރު އެތައް ހާސް ބަޔަކު ޒަހަމްވެފައި ވެއެވެ. އަދި މިއީ އެ ސަރަހައްދަށް ފިނި މޫސުމަށް ވެފައި ގިނަ އިމާރާތްތަކެއް ބިމާއި ހަމަވުމުން ބޮޑު ކާރިސާއަކަށް މި ހާދިސާ މިހާރު ވަނީ ބަދަލުވެގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް