މިއަދު ސޯސަންމަގުގައި އިދިކޮޅު ޕީޕީއެމްއިން ކުރި މުޒާހަރާަގައި އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް ސްރީލަންކާއަށް ގެންދަން ނިންމައިފި އެވެ.
އިދިކޮޅުން އެ މަގުގައި މުޒާހަރާ ކުރީ ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށެވެ. އެ ސަރަައްދު ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވީ ރަޔަޓް ގިޔަރުގައި އެވެ.
ޕީޕީއެމުން ބުނި ގޮތުގައި އަނިޔާވި ހަސަން ޝަހީދު ނަމަކަށް ކިޔާ ނޫސްވެރިޔާގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންވެ، ވަގުތުން ލަންކާ އަށް ފުރުވާލުމުގެ މަސައްކަތް އާއިލާ އިން ފަށާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މިއަދުގެ މުޒާހަރާއިން އެ ޗެނަލްގެ ދެ ނޫސްވެރިއަކަށް އަނިޔާވި އެވެ.
ޕީޕީއެމުން ބުނީ، ދެ ނޫސްވެރިންގެ އިތުރުން އާންމުންގެ ހަތް މީހަކަށް ވެސް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް