ޕީޕީއެމްގެ މުޒާހަރާގައި ޗެނަލް 13ގެ ނޫސްވެރިޔަކަށް އަނިޔާވެ، އައިސީޔޫގައި ފަރުވާ ދެނީ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވި ޖަލްސާ އާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަމު...

06 Feb 2023 | 09:27

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވި ޖަލްސާ އާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ނޫސްވެރިޔަކަށް އަނިޔާވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އިދިކޮޅުން މުޒާހަރާ ކުރީ ސޯސަން މަގުގައި އެވެ. އެ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވީ ރަޔަޓް ގިޔަރުގައި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުޒާހަރާގެ ތެރެއިން އަނިޔާ ވެފައި ވަނީ ފުލުހުން ހުރަސްއެޅި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ދެ ނޫސްވެރިޔަކަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ނޫސްވެރިންނަށް އަނިޔާވީ ޝީލްޑް ހިފައިގެން ތިބި ފުލުހުން ކުރިޔަށް ޖެހުނު ވަގުތު އެ ދެ ނޫސްވެރިންގެ ގައިގައި ޖެހިގެންނެވެ.

އޭގެ ތެރެއިން އައިސީޔޫގައި ފަރުވާދަމުން ދާ ނޫސްވެރިޔާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެ އެވެ. އެމީހުންނަށް މުޒާހަރާގެ ތެރެއިން އަނިޔާވި އިރު ތިބީ ނޫސްވެރިންގެ ފާސް އަޅައިގެންނެވެ. އެކަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

މި މުޒާހަރާ އިން އާއްމުންނަށް ވެސް އަނިޔާވި ކަމަށާއި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް