ތުރުކީއާއި ސޫރިޔާއަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެއެވެ.
ތުރުކީ ގަޑިން ފަތިހު 4:17 ހާއިރު އައި މި ބިންހެލުމަކީ 7.8 މެގެނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ބިންހެލުމުގެ އަސަރު ބޮޑަށް ކޮށްފައިވަނީ ތުރުކީގެ މެދުތެރެއަށާއި ސޫރިޔާގެ ހުޅަނގު އުތުރު ބިތަށެވެ.
ފަތިސް ވަގުތު އައި ބިންހެލުމަކީ ގިނަ ބަޔަކު ނިދާފައި ތިއްބާ އައި ބިންހެލުމެއްކަމުން މީހުން މަރުވި އަދަދު ގިނަކަމުގައި ބެލެވޭއިރު ފުނޑުފުނޑުވެފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އަވަސް ރިޕޯޓްތަކަށް ނަޒަރު ހިންގާލާއިރު މި ބިންހުމާއި ގުޅިގެން ތުރުކީން 280 އަށްވުރެ ގިނަ މީހަކު މަރުވެ ދެ ހާހަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު ސޫރިޔާއިން 230 އަށްވުރެ ގިނަ މީހުން މަރުވެ 600 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.
ދެ ގައުމުގައިވެސް އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް