ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފިރިހެން މެންބަރުން ނެރެން އަންހެން ސެކިއުރިޓީން ފޮނުވުމަކީ ޖިންސީ ފުރައްސާރަކުރުމުގެ އަމަލެއް ކަމުގައި ޑރ. އިޔާޒް އަދި ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
"މަޖިލިސް ސެކިއުރިޓީންގެ ގޮތުގައި ފިރިހެން އަދި އަންހެން ބޭފުޅުން ތިއްބެވިއިރު، ފިރިހެން މެންބަރަކު ތަޅުމުން ނެރެން އަންހެން ސެކިއުރިޓީޏް ފޮނުވުމަކީ ސިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް" ރައީސް ނަޝީދު ޓެގް ކުރައްވައި، ޑރ. އިޔާޒް ޓްވިޓާގައި ލިޔުއްވާފައިވެއެވެ.
ޑރ. އިޔާޒްގެ މި ވާހަކަފުޅަށް ތާއީދުކުރައްވައި ޝައިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ އެއީ ވަރަށް ހަޑި ހުތުރު ކަމެއް ކަމަށާއި ހަމަ ހަމަ ކުރުމޭ ކިޔައިގެން މި ޒާތުގެ ވިޔާނުދާ އަމަލު ހިންގުމަކީ އިސްލާމީ ވަންތަކަމާ ބީރަށްޓެހި، ދިވެހި ރާއްޖޭގެ ސަގާފަތާވެސް ފުށުއަރާ ކަމެއް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއެޅި ބައެއް މެންބަރުންގެ ނަން އިއްވުމުން އެ މެންބަރުން ބޭރުކުރުމުގައި ފުރަތަމަ އިސްވެ ހަރަކާތްތެރިވި މަންޒަރު ފެނިގެންދިޔައީ ކަނބަލުން ތަކެކެވެ. މިކަމާއިމެދު އާންމުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް