ނަޝީދުގެ މެމްބަރުން ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ވަޑައިނުގެންނަވާ!

މިއަދު އޮތް ރިޔާސީ ބަޔާން އިއްވުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ހާޒިރު ނުވާކަން އެނގިއްޖެ އެވެ. ހާޒުވެވަޑައި ނުގަންނަވަނީ މަޖިލީހުގެ ރައީސް...

06 Feb 2023 | 08:17

މިއަދު އޮތް ރިޔާސީ ބަޔާން އިއްވުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ހާޒިރު ނުވާކަން އެނގިއްޖެ އެވެ.

ހާޒުވެވަޑައި ނުގަންނަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އެމްޑީޕީ ލީޑާޝިޕް ދެފަޅިވެފައިވާއިރު މަޖިލީހުގެ އެމްޑީޕީގެ64 މެމްބަރުންވެސް ވަނީ ދެ ބަޔަށް ބެހިފައި އެވެ.

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ޖަލްސާއަށް ވަޑައި ނުގެންނަވާކަން އެ މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި ހާމަ ކުރައްވަމުންނެވެ. އެކަމަކު ވަޑައި ނުގެންނަވަނީ ހުރިހާ މެމްބަރުން ކަމެއް ނުވަތަ ބައެއް މެމްބަރުން ކަމެއް ޔަގީނެއް ނުވެ އެވެ.

ނަޝީދަށް ތާއީދު ކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ޓުވީޓާގައި ވިދާޅުވީ ރައީސް ސޯލިހު ކުރައްވާ ވެރިކަމަކާ މެނިފެސްޓޯއާ ދިމާ ނުވާ ކަމަށެވެ. ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމަލެއް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަނެއްކާވެސް އިތުރު އަނދުން އަޅުއްވާ ތަނާ، ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އިންނަން ޒަމީރު ގަބޫލު ނުކުރާތީ މަޖިލީހަށް ވަޑައި ނުގެންނެވީ ކަމަށެވެ.

ރައީސް ސޯލިހަށް ތާއީދު ނުކުރަން ވެގެން ނަޝީދުގެ މެމްބަރުން ގުޅިގެން ފިކުރެއްގެ ދިރުން ނަމުގައި ވަކިން ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ފިކުރުން ވަކި ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް ފެށީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމުންނެވެ. އެ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ61 ޕަސެންޓު ވޯޓުންނެވެ. ނަޝީދަސް ލިބިވަޑައިގެންނެވީ39 ޕަސެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް