ރިޔާސީ ބަޔާނަށް ހުރަސް އެޅުމަކީ ހުއްޓަންވެއްޖެ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ މިއަދު ރައީސް ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން އިހުތިޖާޖުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ނޫހުން ޕޯސްޓްކޮށްފައިވާއިރު އެ ޕޯސްޓް ރީޓްވީޓް ކުރައްވަމުންނެވެ.
އެކަމާއިމެދު ޑރ. އިޔާޒް ވިދާޅުވެފައިވަނީ މިގޮތަށް ރިޔާސީ ބަޔާން އިއްވަން ހުރަސް އަޅާތާ 12 އަހަރު ވީ އިރު ލިބުނު ކާމިޔާބެއް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިއްޒަތާއި އަބުރު ގެއްލުން ފިޔަވާ އެހެންކަމެއް ނުވޭ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
މިއީ ނާކާމިޔާބު އިވެންޓެއްކަމަށް ބަލައި މިކަން ހުއްޓާލަން ނުވޭތޯ ޕީޕީއެމް ކުރެން ޑރ. އިޔާޒް ގެ އެ ޓްވީޓްގައި ސުވާލުވެސް ކުރައްވާފައިވެއެވެ.
މިއަދު ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވެވީ އިދިކޮޅު މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނެއް މަޖިލީހުގެ ތަޅުމުން ބޭރުކުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް