މެއި މަހު ސިއްހީ ދާއިރާއާ ޔުނިވަސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް

އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާ އާއި ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ މި...

06 Feb 2023 | 05:06

އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާ އާއި ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވައި ދެއްވަމުންނެވެ.

އެކަމަކު މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތަކުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާހެން މުސާރައަށް ކުރިއެރުން އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ކަނޑައަޅައި ކަމަށެވެ. އަދި މިނިސްޓްރީތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް ވެސް މޭ އެކަކުން ފެށިގެން އެ އެލަވަންސް ދޭން ފަށާނެ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް