ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ތާވަލްގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ބާސެލޯނާއިން ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.
ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ. ނަމަވެސް މި ހާފުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ބާސާއިންނެވެ.
ބާސާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ބާސާއަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ޖަހައިދިނީ ފްރެންކް ކެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑި އަލްބާއެވެ. ބާސާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަވީ ކާމިޔާބު ކުރި ލަނޑުންނެވެ.
ބާސާއަށް އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބު ކޮށްދިން މި ލަނޑަކީ ޖޯޑީ އަލްބާގެ އެހީތެރިކަމާއި އެކު އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.
ރޭގެ މި ނަތީޖާއާއި އެކު ބާސާ އެއްވަނާގައި އޮތީ ކުޅުނު 20 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. 20 މެޗުން 45 ޕޮއިންޓް ލިބިގެން ދެވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް