ރިޔާސީ ބަޔާން: އިދިކޮޅު އިހްތިޖާޖާހެދި ގަޑިއަށް ފެށޭގޮތެއް ނުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު  މަޖިލީހުގައި މިއަދު އިއްވާ، ރިޔާސީ ބަޔާނަށް އިދިކޮޅުން ހުރަސް އަޅަމުން އެބަ ގެންދެއެވެ. އެޖެންޑާއާއި އެއްގޮތަށް 9:00ގައި ރިޔާސީ ބަޔާން އިއްވެވ...

06 Feb 2023 | 04:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު  މަޖިލީހުގައި މިއަދު އިއްވާ، ރިޔާސީ ބަޔާނަށް އިދިކޮޅުން ހުރަސް އަޅަމުން އެބަ ގެންދެއެވެ.

އެޖެންޑާއާއި އެއްގޮތަށް 9:00ގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އިދިކޮޅު ކޯލީޝަންގެ މަޖިލިސް މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދެވެމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވީ އަޑުގަދަ ކުރެއްވި ބައެއް ފަރާތްތައް ތަޅުމުން ނެރެވެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންގޮސް މެދުކަނޑާލުމަށެވެ.

ނަން އިއްވާފައިވާ މެންބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު އާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އާއި ފަރެސްމާތޮޑާ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހިމެނެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް