ލަންދޫ ސްކޫލްގެ ހަތަރު ކްލާސްރޫމާއި ހޯލް އިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފި

ނ. ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުންފުންޏަކާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޕީއެސްއައިޕީ 2021 ގެ...

06 Feb 2023 | 03:49

ނ. ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުންފުންޏަކާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ޙަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައި ވަނީ 20,667,692.03 ރ (ވިހިމިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ތިން ލާރި) ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 365 ދުވަހުގެ ތެރޭގައި ނިންމުމަށް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ އަހްމަދު ރަމީޒް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް