ވިޔަފާރީގެ ކަންކަމުގައި އިންޑިއާ ރައްޔިތުންނަށް ވިސާ ނުލައި ރާއްޖެ އާދެވޭ ގޮތް ހަދައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ނިންމުމަށް އަމަލު ކުރަން ފެށީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. މި ނިންމުމަކީ2018 ވަނަ އަހަރުގެ ޑިސެމްބަރު17 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ވިސާ ބަދަލު ކުރުމާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އެވެ.
ވިސާއާ ނުލައި ރާއްޖެ އާދެވެނީ ރާއްޖޭގައި ހޭދަކުރާ މުއްދަތު 90 ދުވަހަށްވުރެ އިތުރުނުވާ ނަމައެވެ. ވިޔަފާރި ކަންކަމުގައި ދޭ ވިސާއާ އެއްގޮތަށް، މަލްޓިޕްލް އެންޓްރީ އަދި ނޮން ރެސިޑެންޓް ވިސާވެސް. 6 މަސް ދުވަހުގެ ތެރޭގައި 90 ދުވަހުގެ މުއްްދަތަށް ދެވޭނެއެވެ.
އޭގެ އިތުރުން، ބިޒްނަސް ވިސާ އޮންނަ އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް އަހަރެއްގެ ތެރޭގައި 180 ދުވަހުގެ މުއްދަތަށް ވިސާ އާކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ މުއްދަތު ގުނާނީ މިއަދު އަމަލުކުރަން ފެށި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 90 ދުވަހުގެ މުއްދަތުގެ އިތުރުންނެވެ.
މިނިސްޓްރީން ބުނީ ހުއްްދަ ދީފައިވާ 180 ދުވަހަށްވުރެ ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރެވޭވީ އެމްޕްލޯއީމެންޓް އެޕްރޫވަލް ހޯދައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް