ހުޅުމާލޭގައި ތަރައްޤީ ކުރި މަސްވެރިންގެ މައިޒާން ހުޅުވައިފި

ހުޅުމާލޭ ފިޝަރީޒް ހާބަރ ސަރަަަހައްދުގައި ތަރައްޤީކުރި މަސްވެެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އ...

06 Feb 2022 | 14:50

ހުޅުމާލޭ ފިޝަރީޒް ހާބަރ ސަރަަަހައްދުގައި ތަރައްޤީކުރި މަސްވެެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެޗްޑީސީން ބުނީ މި މައިޒާން ބިނާކުރުމުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް މަސްވެރި އުޅަނދުތަކުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖައްސައި ދިނުން ކަމުގައި ހާމަކުރެއެވެ.

އެގޮތުން އެ ޖެޓީއަށް އަންނަ ދޯނިތަކުގެ މަސްވެރިންނާއި ފަޅުވެރިންނަށް އެ ސަރަހައްދުގައިވާ މައިޒާނުގައި އިށީނދެތިބެ ވާހަަކަދައްކާ ހިޔާލު ބަދަލުު ކޮށްލެވޭ ގޮތަށް ޖޯއްޔާއި ގޮނޑިއާއި މޭޒު ޖަހާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެތަނުގައި ޤާއިމް ކުރެވިފައިވާ "ޓަކް ޝޮޕް" ނުވަތަ ކުޑަ ފިހާރައިން ކާނާގެ ބާވަތްތަކާއި އެހެނިހެން ސާމާނު ގަނެވޭނެ އިންތިޒާމުގެ އިތުރުން ދެ ފާޚާނާވެސް ވަނީ އެ ސަރަހައްދުގައި ޤާއިމްކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ޤަބޫލު ކުރާގޮތުގައި މަސްވެރިންނަށް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން ގިނަގުނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ އެއީ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރެވިފައިވާ، ބޭނުން ކުރަން ފަސޭހަ މައިޒާނެކެވެ.

މީގެ އިތުރުން މުސްތަޤުބަލުގައި ވެސް މަސްވެރިންނަށް ދިމާވާ ކަންތައް ބަލާ އެކަންކަން ޙައްލު ކުރުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގައި އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް