ކޮވިޑުގައި ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އަދި އޭނާ ނި8ޔާވެފައިވަނީ މިއަދު މެންދުރުފަހު 3:40 ގައި ކަމަށެވެ.
https://twitter.com/HPA_MV/status/1490311836385697799
މިއީ ކޮވިޑް ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކުވެސް ނިޔާވެފައެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 283 އަށް އަރާފައެވެ. އެއީ 264 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް