ބައި-އިލެކްޝަނުން ކަށަވަރުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނޭކަން : އަދުރޭ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ކަށަވަރުކަން ލިބިއްޖެކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަ...

06 Feb 2022 | 13:14

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ކަށަވަރުކަން ލިބިއްޖެކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ނަތީޖާ އިން ޕީޕީއެމް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުމަށް ފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން 2023  ގެ ރިޔާސީ އިންތިހާބުގައި އިިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ކަށަވަރުކަން ލިބިއްޖެކަމަށެވެ. ވަރުބަލިވުމެއް ނެތް ކަމަށާއި  ދެން ނުކުންނާނީ އަދި މާވަރުގަދަކޮށްކަމުގައެވެ.

މީގެ އިތުރުން މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ހޮވާފައި ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އާ ވާދަކުރައްވައެވެ.

ބައި އިލެކްޝަނުން ޕީޕީއެމް އަށް ނާކާމިޔާބު ވެފައި ވާއިރު ވެސް ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނާއި އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ލިބިގެން ދިޔަ ނަސްރެއް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް