ލ. ފޮނަދޫ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް އެ ރަށް މޮނިޓަރިންއަށްލީ މިއަދު އެވެ. އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތުގައި އޮންނަ އިރު އެ ރަށަށް ހުއްދަނެތި އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
ފޮނަދޫ ސިއްހީ މަރުކަޒުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެ ރަށުން33 މީހަކަށް ބަލި ޖެހުނެވެ. އަދި މިވަގުތު ކޯވިޑް ޖެހިގެން92 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މީގެ އިތުރުން މިހާޜުވެސް26 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާ ކަމަށް އެ މަރުކަޒުން މައުލޫމާތުދެ އެވެ.
ފޮނަދޫ އަނެއްކާވެސް މޮނިޓަރިންއަށް ލާފައި މިވަނީ އެ ހާލަތު އުވާލިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މިދިޔަ މަހުގެ އަށް ވަނަ ދުވަހު މޮނިޓަރިންއަށް ލުމަށް ފަހު ހާލަތު އުވާލީ ޖެނުއަރީ24 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް