އަފްހަމްގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ބަލަން ފަށައިފި

ސްރީލަންކާގައި މަރުވެފައި އޮއްވަ ފެނުނު ދިވެހި ޒުވާނާ އަފްހަމް ނަސީރުގެ މަރުގެ މައްސަލަ ދިވެހި ފުލުން ބަލަން ފަށައިފި އެވެ. ދ. މީދޫއަށް އުފަން އުމުރުން23 އަހަރުގެ އަފްހަމް ގެއްލިގެން ހޯދަން ފެށީ އިއްޔ...

06 Feb 2022 | 09:16

ސްރީލަންކާގައި މަރުވެފައި އޮއްވަ ފެނުނު ދިވެހި ޒުވާނާ އަފްހަމް ނަސީރުގެ މަރުގެ މައްސަލަ ދިވެހި ފުލުން ބަލަން ފަށައިފި އެވެ.

ދ. މީދޫއަށް އުފަން އުމުރުން23 އަހަރުގެ އަފްހަމް ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުންނެވެ.

ދިވެހި ފުލުހުންގެ މީޑިއާއިން ބުނީ ދިވެހި ޒުވާނާގެ މަރުގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ އަފްހަމްގެ އާއިލާއިން މީޑިއާގައި ބުނީ އެތަނުން ފެނުނު ދެމީހުންގެ ހަށިގަނޑުގެ ތެރެއިން އެކަކީ އަފްހަމްކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި ކަރުގައިވެސް ވަޅި އަޅާފައި ހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

މި ހާދިސާ އާއި ގުޅިގެން ލަންކާ ފުލުހުން ވަނީ ކްރައިމް ސީންގެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑުގައި ކައިރީ ފުލުހުން ހަރަކާތްތެރިވާ ތަނާއި ދަބަހެއްގެ އިތުރުން ވަޅިއެއް ބިން މަތީގައި އޮއްވަ އެވެ.

މިކަމާއި ގުޅިގެން ރަސްމީކޮށް ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އަދި އެއްޗެއް އަންގާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް