ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނެގިފައިވާ ވެލިން ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ވަނީ މިހާރު ހިއްކާ ނިންމާފައި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ 75 އިންސައްތަ ނިންމާފައިވާ ކަމަށެވެ.
އަދި އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައި ކަމަށެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން، އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.
މިއީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް