ހަަމައެކަނި ނޭފަތް ނިވާވާނެހެން ފަރުމާކޮށްފައިވާ މި މާސްކަށް ބޮޑު ސަމާލުކަމެއް

ހަމައެކަނި ނޭފަތް ނިވާވާނޭހެން ފަރުމާކޮށް، ދެކުނު ކޮރެއާގައި މިހާރު ވިއްކަމުންދާ މާސްކުތަކަށް ބޮޑު ސަމާލުކަމެއް ލިބެމުން އެބަދެއެވެ. މި މާސްކުތަކަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ އެއް ސަބަބަކީ ދަތ...

06 Feb 2022 | 07:35

ހަމައެކަނި ނޭފަތް ނިވާވާނޭހެން ފަރުމާކޮށް، ދެކުނު ކޮރެއާގައި މިހާރު ވިއްކަމުންދާ މާސްކުތަކަށް ބޮޑު ސަމާލުކަމެއް ލިބެމުން އެބަދެއެވެ.

މި މާސްކުތަކަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ އެއް ސަބަބަކީ ދަތި ކަމެއް ނެތި މާސްކު އަޅައިގެން އިނދެ ކެއުމާއި ބުއިމުގައި ވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާތީއެވެ.

"ކޮސްކް" އެޓްމަން ނަމަކަށް ކިޔާ ކުންފުންޏަކުން ނެރެފައިވާ މި އާދަޔާ ޚިލާފު މާސްކުތަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެކުންފުނިން ދެވައްތަރެއްގެ މާސްކް ނެރެފައިވާއިރު ހުރިހާވަގުތެއްގައި ވެސް ހަމައެކަނި ނޭފަތް ނިވާވާ ވައްތަރުގެ މާސްކާއި އަނގަ ނިވާވާ ގޮތަށް އާދައިގެ މާސްކެއްގެ ދަށުން، އެހެން މީހުންނާ އެކު ރެސްޓޯރަންޓްތަކަށް ކާން ދާއިރު ވެސް ވަކި ކޮށްލެވޭ ގޮތަށް މާސްކެއް ފަރުމާކޮށްފައި ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ނޭފަތާ އަނގަޔަކީ ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމަށް އޮތް އެންމެ ފަސޭހަ މަގެވެ. އެހެންކަމުން ކޮރޯނާވައިރަސް އިން ދިފާޢުވުމަށްޓަކައި ހަމައެކަނި ނޭފަތުގައި މާސްކު އެޅުމަކީ ފެންނަ ފެނުމަށް އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެއެވެ.

އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 6،812 މީހުން ވަނީ މަރުވެފައެވެ. އެއީ އިނގިރޭސިވިލާތުގައި 2300 މީހުން އަދި އެމެރިކާގައި 2747 މީހުން މަރުވާ ރޭޓާ އަޅާބަލާއިރު 133 މީހުންގެ ތެރެއިން ކޮންމެ މިލިއަނަކަށް މަރުވާ ރޭޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް