ޕްރިންސިޕަލަކު ނެތި ތިން އަހަރު – ފިއްލަދޫ ބެލެނިވެރިން ނިކުމެ ސްކޫލުގައި ތަޅު އަޅުވައިފި

ހއ. ފިއްލަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސްވެ އެކަމަށް ހައްލެއް ނުލިބޭތީ ރަށުގެ ރައްޔިތުން ނިކުމެ ސްކޫލުގައި ތަޅު އަޅުވައިފިއެވެ. ދުވަަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރު...

06 Feb 2022 | 07:25

ހއ. ފިއްލަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސްވެ އެކަމަށް ހައްލެއް ނުލިބޭތީ ރަށުގެ ރައްޔިތުން ނިކުމެ ސްކޫލުގައި ތަޅު އަޅުވައިފިއެވެ.

ދުވަަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު މޫސާ ވިދާޅުވީ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށު ސްކޫލުގައި ޕްރިންސިޕަަލަކު ނެތި ގިނަ ދުވަސްވެ، ބޭރު ބައެއްގެ އަތްމައްޗަށް ސްކޫލު އެކުގައިހެން ދޫކޮށްލާފައި އޮންނަ އޮތުން ކަމަށެވެ.

"ތިން އަހަރުވީ ޕްރިންސިޕަަލަކު ނެތި، އެކަމަށް އިއުލާނު ކުރެވި، އިންޓަވިއު ކުރެވި އޮންނަތާވެސް ދޮޅުމަސް ވަނީ އަދިވެސް ޕްރިންސިޕަލަކު ނުލިބޭ" ކައުންސިން މެންބަރު ވިދާޅުވިއެވެ.

އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ބުނިގޮތުގައި އެ އަތޮޅު ދިއްދޫން ފުލުހުން އައިސް ބެލެނިވެރިން އެ ސަރަހައްދުން މިހާރު ވަނީ ފޮނުވާލާފައެވެ.

130 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލަށް ޕްރިންސިޕަަލަކު ހޯދަން އެޑިއުކޭޝަނުން އިއުލާނުކޮށް، ވަޒީފާއަށް މީހަކު އިންޓަވިއުކޮށް ގިނަ ޕްރޮސެސްތަކެއް ވަނީ ނިމިފައެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެކަން އޮތީ މަޑުޖެހިފައެވެ.

ދުވަހަށް މައުލުމާތު ހިއްސާކުރި ދެތިން ބެލެނިވެރިއަކު ބުނީ އެކަން މަޑުޖެހެނީ އެޑިއުކޭޝަންގެ މަތީ މަގާމެއްގައި ހުރި މީހަކު، ޕްރިންސިޕަލް ކަމަށް ކުރިމަތިލި މީހާއާއި ޒާތީ ކަންތައްތަކެއް އުޅޭތީ ކަމަށް ބެލެނިވެރިންގެ މެދުގައި ވާހަކަ ދެކެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް