އިނގިރޭސި ރާނީ އެލިވަޒަބަތު ދޭކަށް ފަހު ރާނީގެ ލަގަމު ދޭން ބޭނުންވާ ބޭފުޅާގެ ނަން އާންމުކޮށްފި އެވެ.
އެލިޒަބަތު ދޭއްގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށް ދެއްވި ބަޔާނުގައި ރާނީ ވިދާޅުވީ އެކަމަނާ ދުނިޔެ ދޫކުރުމުން އެ ލަގަބު އަރުވަން ބޭނުންފުޅުވަނީ ތަހުތަށް އިސްވާ ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކަމިލާ އަށް ކަމަށެވެ. ރާނީ އެލިބަޒަތު ވަނީ އެ ނިންމުން ރައްޔިތުން ގަބޫލު ކުރައްވައި އެ ނިންމުމާއި އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
އަދި އެކަމަނާއަށް ލިބެމުންދާ ލޯތްބާއި ސަޕޯޓު ކަމިލާ ރާނީއަކަށްވުމުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. ރާނީ އެލިޒަބަތު ވިދާޅުވީ ޕްރިންސް ޗާލްސް އާއި ކަމިލާގެ ރަސްކަމެއްގައި އެމީހުންނަކީ ގައުމަށް ވަފާތެރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާނެ ބައެއް ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ރާނީގެ މި ނިންމެވުމަށް ޕްރިންސް ޗާލްސްގެ ދެމަފިރިކަނބަލުން ވަނީ މަރުހަބާ ކިޔާފަ އެވެ.
މީގެ ކުރިން ޝާހީ ބޮޑެތި ހަފްލާތަކުގެ އިސް ސަފުގައި ކަމިލާ ބައިވެރިވާތަން ނުފެނުނަސް މިހާރު ޝާހީ އާއިލާގެ އިސް ސަފުން އޭނާ ފެންނަން ފަށާފައިވާތާ ދެތިން އަހަރު ވެއްޖެ އެވެ.
ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމްގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަވަހާރި ފަހުން ޕްރިންސް ޗާލްސް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކަމިލާ އާއި އެވެ. ޕްރިންސް ޗާލްސް އާއި ކަމިލާ ކައިވެނިބައްލަވައިގަތީ 2005 ވަނަ އަހަރު އެވެ.
ޕްރިންސަސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވީ 1997 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް