ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށް މޯލްޑިވްސް ތާރޑްވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފިއެވެ.
އެ ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިޚާބަކުން ވީބަލި ކަމަށާއި ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް ކަމަށެވެ. އަދި ޕީޕީއެމް ރިފޯމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
"ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން! ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި! ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް! ރިފޯމް ޕީޕީއެމް!" އެމްޓީޑީގެ ޓްވީޓުގައި ބުނެފައިވެއެވެ.
https://twitter.com/MTDSecretariat/status/1489979975977496576
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އާ ވާދަކުރައްވައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫގައި ބެހެއްޓި އެއް ވޯޓު ފޮށްޓާއި މަރޮށީގައި ބެހެއްޓި ވޯޓު ފޮށި ރާޝިދު ކާމިޔާބު ކުރެއްވި އިރު، ކޮމަންޑޫގައި ބެހެއްޓި އަނެއް ވޯޓު ފޮށި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ފަތުހީއެވެ.
ފޯކައިދޫގައި ބެހެއްޓި ވޯޓު ފޮށި ކުޑަ ތަފާތަކުން ކާމިޔާބު ކުރީ ފަތުހީއެވެ. ފަތުހީއަށް 202 ވޯޓު ލިބުނުއިރު ރާޝިދުއަށް ލިބިފައިވަނީ 195 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް