ގދ. ތިނަދޫއިން އިތުރު29 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ބަލި ޖެހިފަ ތިބި170 މީހުން އެ ރަށުގައި އެބަތިބި ކަމަށެވެ. އެ އެންމެންވެސް ތިބީ ހޯމް ކަރަންޓީންގައި އެވެ.
އިއްޔެ ފަރުވާ ދެމުންދިޔަ 72 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.
މިފަހަރު ކޯވިޑް ފެތުރެން ފެށީ ފަހުން އެ ރަށުން 1،914 މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި ފަސް މީހަކު ބަލީގައި މަރުވެފައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މިހާރުވެސް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 75 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ތިނަދޫ ހިމެނޭހެން އިއްޔެ އަތޮޅުތެރެއިން 843 މީހުން ޕޮސިޓިވްވެފައިވެ އެވެ. މާލެއިން ޕޮސިޓިވްވެފައިވަނީ400 މީހުންނެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 148،580 އަރާފަ އެވެ. ބަލިން130،649 މީހުން ރަނގަޅުވެފައިވާއިރު ކޯވިޑް ޖެހުނު މީހުންގެ ތެރެއިން281 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް