ވަޅެއްގައި ތާށިވި މޮރޮކޯގެ ރަޔަން ނިޔާވެއްޖެ !

މޮރޮކޯގައި ވަޅެއްގެ ތެރޭގައި ތާށިވި އުމުރުން އެންމެ ފަސް އަހަރުގެ ރަޔަން ނިޔާވެއްޖެއެވެ. ބައެއް މަސްދަރުތަކުން ބުނެފައިވާގޮތުގައި ރަޔަން ނެގުނީވެސް ނިޔާވި ފަހުންނެވެ. އެހެން ނަމަވެސް އެ މައުލޫމާތަކީ އ...

05 Feb 2022 | 21:26

މޮރޮކޯގައި ވަޅެއްގެ ތެރޭގައި ތާށިވި އުމުރުން އެންމެ ފަސް އަހަރުގެ ރަޔަން ނިޔާވެއްޖެއެވެ.

ބައެއް މަސްދަރުތަކުން ބުނެފައިވާގޮތުގައި ރަޔަން ނެގުނީވެސް ނިޔާވި ފަހުންނެވެ. އެހެން ނަމަވެސް އެ މައުލޫމާތަކީ އަދި ކަށަވަރު މައުލޫމާތެއް ނޫނެވެ. ނަމަވެސް މޮރޮކޯގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ރަޔަން ވަނީ ނިޔާވެފައެވެ.

ރަޔަން އާއި ހަމައަށް ރެސްކިއު ޓީމްތަކަށް ދެވުނީ ހަތަރު ދުވަހަށް ފަހުންނެވެ. ފުން ވަޅެއްގެ 32 މީޓަރު އަޑީގައި ރަޔަން ތާށީވި އިރު، ރަޔަން ސަލާމަތް ކުރަން އޮޕަރޭޝަން ކުރިއަށްގެންދާތާ ހަތަރު ދުވަސް ވީއެވެ. ފުރަތަމަ އެހެން ގޮތްގޮތުން ރަޔަން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރިނަމަވެސް ފަހުން މަސައްކަތްކުރީ ރަޔަން ވެއްޓުނު ވަޅާއި ސީދަލަށް އެހެން ވަޅެއް ކޮނުމަށްފަހު އަޑިން ދެ ވަޅު ގުޅާލައިގެން ރަޔަން ސަލާމަތް ކުރުމަށެވެ.

https://twitter.com/MoroccoWNews/status/1490069082267336704

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް