ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ދިވެހި ޒުވާނާ ކަމަށް ބެލެވޭ، ކްރައިމް ސީންގެ ވީޑިއޯއެއް ލަންކާ މީޑިއާގައި އާންމުކޮށްފިއެވެ.
އެ ވީޑިއޯގައި ފެންނަނީ އެ ޒުވާނާގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފުލުހުން ނަގާ މަންޒަރާއި ތަަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމް މަސައްކަތްކުރަމުން އަންނަ މަންޒަރެވެ.
އެ ވީޑިއޯގައި ބުނެފައިވާގޮތުގައި މަރާލާފައި އޮތް މީހާގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމް ހުއްޓެވެ. އަދި ކައިރިން ވަޅިއެއްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އެ ވަޅިވެސް ވީޑިއޯގައި ދައްކާފައިވެއެވެ.
މީގެ އިތުރުން ދަބަހެއްވެސް އެ ސަރަަހައްދުގައި އޮއްވާ ދައްކައެވެ.
ލަންކާގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އަފްހަމް ނަސީރެވެ. އޭނާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ވެއްލަވައްތަގެ ބީޗު ސަރަހައްދުން ރޭލު ދަގަނޑެއްގެ ކައިރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް